އުނގެނުމާއި އުނގަންނައި ދިނުމުގައި ބޭނުންކުރުން

 
ތަޢާރަފް

        ފިލާވަޅުގެ މަޤްޞަދު ޚާސިލު ކުރުމަށްޓަކައި އުފެންދުންތެރި މެތަޑުތައް ބޭނުން ކުރުމަކީ ފިލާވަޅު ކާމިޔާބުވެ، ނަމޫނާ މުދައްރިސަކަށް ވުމަށްޓަކައި ކުރެވިދާނެ ވަރަށް ހަރުދަނާ ޢަމަލެކެވެ. މި ޢިލްމީ މަޒުމޫނު ލިޔުމަށްޓަކައި ސުވާލުގައިވާ ގޮތަށް އެސް އެސް ސީ ދިވެހި މާއްދާގެ މުޤައްރަރުގައި ހިމެނޭ ޚުލާޞާކުރުމަށް ގުރޭޑު 9 އެއްގެ ދަރިވަރުންނަން އަމާޒުކޮށްގެން ދެ ލެސަންޕުލޭނެއް ތައްޔާރުކޮށް، މި ދެ ލެސަންޕުލޭންގެ މައްޗަށް ބިނާކޮށް ދިރާސާ ތަކެއް ކުރެވުނެއެވެ. މިދެފިލާވަޅުގެ ތެރެއިން އެއްފިލާވަޅު ރާވާފައިވާނީ އެންމެ ކުރީގެ ގޮތަށް ޗޯކާއި ބޯޑު ބޭނުންކޮށްގެން ކިޔަވައިދޭ ގޮތަށެވެ. އަނެއް ފިލާވަޅު ރާވާފައިވާނީ ކިޔަވައިދިނުމުގެ އެންމެފަހުގެ އުފެންދުންތެރި މެތަޑެއް ކަމަށްވާ ގުޅިގެން އުގެނުމުގެ މެތަޑަށެވެ. ގުޅިގެން އެއްބާރުލައިގެން އުގެނުމުގެ މެތަޑަށް ތައްޔާރު ކޮށްފައިވާ ލެސަންޕުލޭން (ފިލާވަޅުރޭވުން، 1) ގައި އެމެތަޑު ބޭނުންކުރި ސަބަބާއި، އަދި އެމެތަޑާއި ބެހޭގޮތުން ފަތްފުށްތަކުން ހޯދާފައިވާ މަޢުލޫމާތު ވެސް މިމަޒުމޫނުގައި ހިމަނާފައި ވާނެއެވެ. މީގެއިތުރުން، މި ފަދަ އުފެއްދުންތެރި މެތަޑުތައް އުގަންނައި ދިނުމުގައި ބޭނުންކުރުމަށް މުދައްރިސުން ފަސްޖެހޭ ސަބަބަށްވެސް ބަލައިލައިފައިވާނެއެވެ. މި މަޒުމޫނުގައި މި ދެ ލެސަންޕުލޭން އަމާޒުކުރާ ގުރޭޑަށް ކިޔަވައިދެއްވާ ތަފާތު ދެ އުސްތާޛެއް ދެކޭގޮތާއި މި ދެ އުސްތާޛުން ދެކޭގޮތާމެދު އަމިއްލަ ޚިޔާލުވެސް ހިމަނާފައިވާނެއެވެ.



 މި އެސައިންމެންޓުގެ މަޤްޞަދަކީ އުފެންދުންތެރި މެތަޑުތަކަށް ފިލާވަޅުތައް ރޭވުމާއި އަދި އެންމެ ކުރީގެ ގޮތަށް ބޯޑާއި ޗޯކު ބޭނުން ކޮށްގެން ފިލާވަޅު ރޭވުމުގައި ހުރި ތަފާތުތައް ދެނެގަނެ، ދަރިވަރަށް ފަހި އުފެއްދުންތެރި އުގަންނައި ދިނުމުގެ މެތަޑުތައް ބޭނުންކުރަންޖެހޭ ސަބަބުތަކަށް ހޭލުންތެރިކަން އުފެއްދުމެވެ.

މިގޮތުން، މިއީ އުފެއްދުންތެރި މެތަޑެއްކަމަށްވާ ގުޅިގެން އުނގެނުމާއި (ކޯޕަރޭޓިވް ލާރނިން)، ކުރީގެ ގޮތަށް ބޯޑާއި ޗޯކު ބޭނުން ކޮށްގެން އުގަންނައި ދިނުމުގައި ހުރި ތަފާތުތަކާއި، ދަރިވަރަށް ފަހި މެތަޑުތައް ބޭނުން ކުރަންޖެހޭ ސަބަބުތަކާއި ބެހޭ ގޮތުން ފަތްފުށްތަކުން ހޯދި މައުލޫމާތާއި، އަދި ދެވައްތަރުގެ ލެސަންޕުލޭން އާއި ބެހޭ ގޮތުން ދެ އުސްތާޛުންގެ ބަސްދީގަތުމުގެ އަލީގައި ހުށައަޅާ ޢިލްމީ މަޒުމޫނެކެވެ.


ކިޔަވައިދެވޭ ގޮތަކުން އެ މާއްދާއެއް ދެކެ ދަރިވަރުން ފޫހިވެދާނެ އެވެ. ހަމައެހެންމެ، ކިޔަވާދޭން ބޭނުންކުރާ އުކުޅު ތަކެއްގެ ސަބަބުން އެމާއްދާއެކަށް ލޯބިޖެހި ކިޔެވުމަށް ޝަޢުޤުވެރި ވެދާނެ އެވެ. އެހެންކަމުން ދަރިވަރުންގެ ބޭނުންތަކަށް ވިސްނައިގެން، އެކުދިން ގެންގުޅޭ އުސޫލާއި، ކުދިންގެ މިޒާޖާއި ކަމުގެ ފޭޑި ރަނގަޅަށް ދަނެގެން ކިޔަވާ ދިނުމަކީ މުހިއްމު ކަމެކެވެ. ކުރިސް ކޭރީއާކޫ (2007) ގެ ނަޒަރުގައި ފިލާވަޅެއް ރާވާއިރު ވިސްނަންޖެހޭ މައިގަނޑު ހަތަރު ކަމެއް އޮވެއެވެ. އެއީ މަންހަޖު ދެނެގަތުމާއި، ފިލާވަޅު ފެށުމުގެ ކުރިން ދަރިވަރުންނަށް އެނގޭމިންވަރު ބެލުމާއި ބޭނުންކުރެވިދާނެ ވަސީލަތް ހޯދާ ދެނެގަތުމުގެ އިތުރުން، ފިލާވަޅުން ހާސިލްވި މިންވަރު ހޯދޭނެ ގޮތެއް ކަނޑައެޅުމެވެ.މިގޮތުން، ފިލާވަޅުތައް އުގަންނައިދިނުމުގައި މައިގަނޑު 2 އުސޫލެއް ބޭނުންކުރެއެވެ. އެއީ މުދައްރިސަށް އިސްކަންދޭ (ޓީޗަރ ސެންޓަރޑް) ކިޔަވާދިނުމާއި ދަރިވަރަށް އިސްކަންދޭ (ސުޓުޑެންޓް ސެންޓަރޑު) ކިޔަވައިދިނުން ކަމަށް އާއިޝަތު ޒަޢީމާ(2011) ހާމަ ކުރަށްވައެވެ.

ރޯއީ ކިލެން (1998 ) ބަޔާން ކުރާގޮތުން މުދައްރިސަށް އިސްކަންދޭ ކިޔަވައިދިނުމަކީ މުދައްރިސްގެ ފުރިހަމަ ބާރާއެކު މުޅިކުލާސް މުދައްރިސްގެ ބާރުގެ ދަށުގައި ބާއްވައިގެން، މުޅިކުލާހަށް ހުށައަޅާދޭ ހުށައެޅުމެވެ. މުދައްރިސަށް އިސްކަންދޭ ކިޔަވައިދިނުމުގައި މުދައްރިސްގެ ރޯލަކީ ދަރިވަރުންނަށް ދަސްކުރަންވީ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ނިންޗީ (2011) ބަޔާންކުރައްވައެވެ. މިއީ އުގަންނައިދިނުމުގައި މުދައްރިސްގެ ދައުރުބޮޑު ކަންކުރާގޮތް މުދައްރިސް ކިޔައިދީގެން ނުވަތަ ދައްކާދީގެން އުގަންނައިދޭ ގޮތެކެވެ.

ދަރިވަރަށް ފަހި އުނގަންނައިދިނުމަކީ ޖެއޮފް ޕެޓީ (2004) ދެކޭގޮތުގައި ދަރިވަރު ބައިވެރިކޮށްގެން މަގު ދައްކާދޭ އިސްމީހެއްގެ ގޮތުގައި މުދައްރިސް ހުރެގެން ފޯރުކޮށްދޭ ޢިލްމެވެ. މި ފަދަ ގޮތަކަށް ކިޔަވާދޭއިރު ކުލާސް ފެނިގެންދާނީ މުދައްރިސްގެ ރޯލު ކުޑަ ދަރިވަރުންގެ ހަރަކާތްތައް ފެނިގެންދާ މާހައުލެއްގެ ގޮތުގައެވެ. މިގޮތުން، ގުރޫޕު މަސައްކަތްތަކާއި، މަޝްވަރާކުރުމާއި، މައްސަލަ ހައްލުކުރުމާއި، ދިރާސާކުރުންފަދަ ކުލާހުގައި ގެންދެވޭ ހަރަކާތްތަކަކީ އުގަންނައިދިނުމުގެ އަސްލު މަޤްޞަދު ޚާސިލް ކުރުމަށް ގެންދެވިދާނެ ހަރަކާތްތަކެއް ކަމަށް ޖެއޮފް ޕެޓީ (2004) ހާމަކުރައްވައެވެ.

 މި އެސައިންމެންޓަށް ތައްޔާރު ކުރި ލެސަންޕުލޭން ( ތައްޔާރު ކޮށްފައިވާ ލެސަން ޕުލޭން ތައް ޖަދުވަލް 1 ގައި ވާނެއެވެ.) ތަކުގެ ތެރެއިން އުފެއްދުންތެރި ލެސްޕުލޭން (ފިލާވަޅުރޭވުން 1) ތައްޔާރުކުރުމަށް ބޭނުންކޮށްފައިވާނީ ދަރިވަރަށް ފަހި އުނގަންނައިދިނުމުގެ ތެރެއިން ގުޅިގެން އުނގެނުމުގެ މެތަޑު ( ކޯޕަރޭޓިވު ލާނިންގ) އެވެ. ދަރިވަރަށް އިސްކަންދޭ ކިޔަވައިދިނުމުން އެމީހުންގެ ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކުރެއެވެ. މިގޮތުން، މުއާމަލާތު ކުރުމާއި، އެކަކު އަނެކަކަށް އިޚުތިރާމް ކުރުމާއި، ފަރުވާތެރިކަމާއެކު އެހެން މީހުންގެ ވާހަކަތައް އަޑުއެހުމާއި އަދި މިނިވަންކަމާއެކު އަމިއްލަ ނަފުސަން އިތުބާރުކުރުމުގެ ސިފަތައް ދަސްވާކަމަށް އެބުޖެސަމް (2011) ބަޔާންކުރައްވައެވެ. މިސަބަބުތަކަށްޓަކައި މިފަދަ ދަރިވަރަށް ފަހި މެތަޑުތަކުން ދަރިވަރުންނަށް ނުހަނު ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމަށް ގަބޫލުކުރެވެއެވެ. މިހެންވުމުން، ފިލާވަޅުރޭވުން 1 ގައި ބޭނުންކުރީ ގުޅިގެން އެއްބާރުލައިގެން އުނގަންނައި ދިނުމުގެ މެތަޑެވެ.

ކޯޕަރޭޓިވު ލާނިންގ އަކީ ކުދި ގުރޫޕުތަކެއްގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީގެން އުނގެނުން ކުރިއަށް ގެންދިޔުން ކަމަށް ރޯއީ ކިލެން (1998 ) ހާމަކުރެއެވެ. މިގޮތުން، ގުރޫޕުތަކުގައި މަޝްވަރާކޮށްގެން ފިލާވަޅު ކުރިއަށް ގެންދާއިރު ކޮންމެ ގުރޫޕަކަށްވެސް ވަކިވަކިން އިރުޝާދުތައްދީ ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ފަސޭހަވާނެއެވެ. ފިލާވަޅުރޭވުން 1ގައި ރާވާފައި ގުރޫޕު މަސައްކަތް ދަރިވަރުން ކުރަމުންދާއިރު، އެކުދިން ކުރާ މަސައްކަތްތައް ބަލައި، އިރުޝާދު ދިނުމަށް ވަރަށް ފަސޭހަވެގެން ދާނެއެވެ. އަދި މަޤްޞަދު ހާސިލުވި މިންވަރު ދެނެ ގަތުމަށްވެސް ފަސޭހަ ވެގެންދާނެއެވެ. ހަމަމިއާއެކު، ހުރިހާ ދަރިވަރުންނަށްވެސް މަސައްކަތްކުރުމަށް ބާރުއަޅައި ހިތްވަރު ދެވޭނެއެވެ. އެހެނީ، ދަރިވަރުން ފިލާވަޅާއި މަސްޢޫލުވެ، މަސައްކަތް ފުރިހަމަ ކުރަން ކުރާ މަސައްކަތުން، ލެސަންޕުލޭން އާއި އެއްގޮތަށް ފިލާވާޅު ކުރިއަށް ގެންދިއުމަށް ފަހިވާ ގޮތަކީ ކޯޕަރޭޓިވް ލާނިންގ މެތަޑްކަމަށް ރޯއީ ކިލެން (1998 ) ހާމަކުރައްވާތީ، ފިލާވަޅުރޭވުން 1 މި އުޞޫލަށް ބައްޓަންކުރީއެވެ.

ކޯޕަރޭޓިވް ލާރނިންގ ގެ އެންމެ މުހިއްމު ބަޔަކީ ކުދި ގުރޫޕުތަކުގައި ކުރެވޭ މަސައްކަތްތަކެވެ. ގުރޫޕު މަސައްކަތްތައް ކާމިޔާބު ކަމާއެކު ނިންމާލުމަށްޓަކައި ގުރޫޕުގެ ހުރިހާ ދަރިވަރުންގެ އެހީތެރިކަން ބޭނުންވާނެއެވެ. މިގޮތުން، ޚުލާޞާކުރުމުގެ ފިލާވަޅު ކުރިއަށް ގެންދާ އިރު، ދަރިވަރުން ގުރޫޕު ތަކުގައި މަޝްވަރާކޮށް ހުރިހާ ކުދިންގެ ވިސްނުން ބޭނުން ކޮށްގެން މުހިއްމު ނުގުތާތަކުގައި ދަށުރޮގު ދަމާނެއެވެ. ގުރޫޕުގައި ކުރާ މަސައްކަތް ތަކުން ގިނަ ހުނަރު ތަކެއް ދަރިވަރުންނަން ލިބިގެންދެއެވެ. ރަނގަޅު ގޮތުގައި ވިސްނުމާއި، އެއްދަރިވަރު އަނެއް ދަރިވަރަކު ކުރިއަރުވަން މަސައްކަތްކުރުމާއި، މައުލޫމާތު ޚިއްސާ ކުރުމާއި، ޒިންމާނަގައިގެން އަމިއްލައަށް އަދި ގުރޫޕުގައި ދަސްކުރަންވީ ކަންތައްތައް ދަސްކުރުމާއި، އަމިއްލަ އަދި ގުރޫޕު ތަކުގައި މަސައްކަތް ކުރުމުގެ ހުނަރު ލިބުންފަދަ ފައިދާހުރި ކަންތައްތަކެއް ގުޅިގެން އުގެނުމުން ދަސްވެގެން ދާނެކަމަށް އެންޑުރޫ ޕޮލާރޑު (2005) ބަޔާންކޮށްފައިވާތީ،ފިލާވާޅުރޭވުން 1 ގައި މި އުކުޅުތައް ބޭނުންކުރީއެވެ.  



"ގުޅިގެން އެއްބާރުލައިގެން އުނގެނުން (ކޯރޕަރެޓިވް ލަރނިންގ ) އަކީ މުދައްރިސް ދޭ އިރުޝާދުގެ އަލީގައި އެއްދަރިވަރަކު އަނެއް ދަރިވަރަކަށް  އެހީތެރިކަން  ފޯރުކޮށްދީގެން ގުރޫޕު ތަކުގައި އުނގެނުމެވެ." (ރޯއީކިލެން، 1998). މިހެންވުމުން، ގުރޫޕުތަކުގައި މަސައްކަތް ކުރާއިރު، ތަންކޮޅެއް ވިސްނުމުގެ ފެންވަރުދަށް ކުދިންނަށްވެސް އެހެން ކުދިންގެ ފަރާތުން އެހީތެރިކަން ލިބި އެކުދިންނަށް ކުރިއެރުން ލިބެއެވެ. ރޯއީ ކިލެން (1998) ޖޯންސަން ޖޯންސަން އަދި ޖޯންސަން، ހޮލްބެކް (1993) އަށް ހަވާލާދީ ބުނެފައިވާ ގޮތުން ގުޅިގެން އެއްބާރުލައިގެން އުނގެނޭއިރު ދަރިވަރު މަސައްކަތް ކުރާނީ އެދަރިވަރު އަމިއްލަ އުނގެނުން ކުރިއަށްގެންދާކަން ނޫނެވެ. ކޮންމެ ދަރިވަރަކުވެސް މަސައްކަތް ކުރާނީ ގުރޫޕު ހުރިހާ ދަރިވަރުންގެވެސް އުނގެނުން ކުރިއަށް ގެންދާށެވެ. މިގޮތަށް، ކުރާމަސައްކަތުގެ ކާމިޔާބު ހާސިލުކުރުމަށް ގުރޫޕުގައި ހިމެނޭ ހުރިހާ ދަރިވަރުން އެއްޓީމެއްގެ ގޮތުގައި މަސައްކަތް ކުރެއެވެ. މިގޮތުން،  ޖޯންސަން އަދި ޖޯންސަން (1994) އަށް ހަވާލާދެއްވާ ރޯއީ ކިލެން (1998)، އެއްބާރުލައިގެން އުނގެނުމުގައި ހިމެނޭ 5 ކަމެއް ހިމަނާފައިވެއެވެ. އެއީ، ރަނގަޅު ގޮތުގައި ވިސްނުން، އެހެން ބަޔަކާ ކުރިމަތި ލާގޮތް ރަނގަޅު ކުރުން، އަމިއްލަ އަދި  ގުރޫޕުތަކުގައި ކަންތައްތަކާއި ކުރިމަތިލުން، އަމިއްލަ އަދި ގުރޫޕުތަކުގައި މަސައްކަތް ކުރުމުގެ ހުނަރު، އަދި ގުރޫޕު މެދުގައި ރަނގަޅު ގުޅުމެން ޤާއިމު ކޮށްގެން މަސައްކަތް ކުރުމެވެ.

ދަރިވަރުންނަށް ބަރޯސާކޮށްގެން ކިޔަވައިދިނުމާ ބެހޭގޮތުން ތަފާތު އެތައް ދިރާސާއަކުން ނުކުތް ބުރުހާނުތަކުގެ ނަތީޖާ ބަޔާންކުރައްވާ ލީ އާއި ބައިވެރިން (2003) ހާމަކުރައްވާކަމަށް އާއިޝަތު ޒަޢީމާ (2011) ބަޔާންކުރައްވަނީ ދަރިވަރުންނަށް ބަރޯސާކޮށްގެން އުގަންނައި ދިނުމުގައި ވަރަށް ރަނގަޅު އުސޫލެއްކަމަށެވެ. ގުރޫޕު މަސައްކަތްތަކުގެ ފައިދާއާ ގުޅޭގޮތުން، ޖެއޮފް ޕެޓީ (2004) ޚިޔާލުފާޅުކުރައްވަނީ، ގުރޫޕު މަސައްކަތް ތަކަކީ ސީދާ ދަރިވަރުންގެ ހަރަކާތެއްކަމަށާއި އެއިން ކިޔަވާދެވޭ އުކުޅުތަކާއި، އުސޫލުތަކައި، ބަސްކޮށާރު ބޭނުން ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާކަމަށެވެ. މިގޮތަށް ދަރިވަރުން ފުރިހަމައަށް ބައިވެރިވެ ޝައުގުވެރިކަމާއެކު ގުޅިގެން އެއްބާރުލައިގެން ކުދި ގުރޫޕު ތަކުގެ އެހީގައި ފިލާވަޅުގެ މަޤްޞަދު ހާސިލު ކުރުމަށް ފަސޭހަވާނެކަމަށެވެ. ހަމައެހެންމެ، ގުރޫޕު މަސައްކަތުގައި ދަރިވަރުން މަސައްކަތަށް އިސްކަންދީގެން ވާހަކަ ދެއްކުމުގެ އިތުރުން ހަވާލުކުރާ މަސައްކަތަކީ ދަރިވަރުން ގަޔާވާ ކަމަކަށް ވާކަމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އުނގެނުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ލިބިދާކަމަށެވެ. މި ވާހަކަތަކަށް ހެކިދައްކަވާ  އެންޑުރޫ ޕޮލާރޑު (2005) ބަޔާންކުރައްވަނީ، ގުޅިގެން އެއްބާރުލައިގެން އުގެނުމުގެ ތެރެއިން ގުރޫޕު މަސައްކަތުގެ ސަބަބުން މުދައްރިސުންނަށް، ދަރިވަރުންގެ ދަސްކުރުމުގެ ހަރަކާތްތައް ކައިރިން ބަލައި ދެނެގަތުމުގެ މަގުފަހިވާ ކަމަށް ދާކަމަށެވެ. ހަމައެހެންމެ، ގުރޫޕު މަސައްކަތުން ބާރު އަޅާނީ ދަރިވަރުން އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި، އެކުގައި އުގެނުމަށް މަގުފަހިވާ އިޖުތިމާޢީ އަދި ބަހުގެ ހުނަރުތައް ތަރައްޤި ކުރުމަށެވެ. ކަންމިހެންހުރުމުން، ގުރޫޕު މަސައްކަތުގެ ސަބަބުން "އިތުބާރު ކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މާހައުލަކަށް މަގުފަހި ވެގެން ދެއެވެ." ( ޖެއޮފް ޕެޓީ 2004).  ލޮންކޮ އަދި އަހޮލާ (1995) އަށް ހަވާލާ ދެއްވައި، އާއިޝަތު ޒަޢީމާ (2011) ޚިޔާލުފާޅުކުރައްވާފައިވާ  ގޮތުގައި ޒަމާނުންސުރެ ބޭނުން ކުރާ ކިޔަވައިދިނުމުގެ މުސްކުޅިގޮތާއި ދަރިވަރުންނަށް ބަރޯސާކޮށްގެން އުގަންނައި ދިނުން ކުރިއަށް ދާގޮތް ދެނެގަތުމަށް 6 އަހަރު ދުވަސް ވަންދެން ދިރާސާ ކޮށްގެން އެނގުނު ގޮތުގައި ދަރިވަރުންނަށް ބަރޯސާ ކޮށްގެން ހިންގާ އުނގަންނައި ދިނުމުން، އުނގެނެއް ފަށައި ގަތުމުގައި ދަރިވަރުން ކުޑަކޮން ލަސްކަމަށް ފާހަގަ ކުރެވުނަސް،ދަރިވަރުން އުނގެނުމުގެ ގޮތްތަކާއި ދޭހަވާ ދޭހަވުމަކީ ދަރިވަރުންނަށް ލިބިދެވޭ ހުނަރުތައް އިތުރު ވެގެންދާ ކަމެކެވެ.


ފިލާވަޅު ރޭވުން 2 ގައި ފިލާވަޅު ރާވާފައިވާނީ އެންމެ ކުރީގެ ގޮތަށް ބޯޑާއި ޗޯކު ބޭނުން ކޮށްގެން ކިޔަވާދޭ ގޮތަށެވެ. މިފިލާވަޅުގައި މުދައްރިސް ޚުލާޞާކުރުމާ ބެހޭ މައުލޫމާތު ދޭއިރު ދަރިވަރުން ތިބޭނީ އަޑުއަހާށެވެ. އަދި ދެވަނަ ހަރަކާތުގައި މަސައްކަތް ހަވާލު ކުރުމުން، ކޮންމެ ދަރިވަރަކުވެސް އަމިއްލައަށް މަސައްކަތް ކުރާނީއެވެ. ވީމާ، މިފިލާވަޅު ރާވާފައި ވާނީ މުދައްރިސަށް ބަރޯސާވެގެން އުގަންނައިދޭ މެތަޑަށް ބުރަވެއެވެ. ރޯއީ ކިލެން (1998) ދެކޭ ގޮތުގައި މުދައްރިސައް އިސްކަންދޭ ކިޔަވައި ދިނުމަކީ ދަރިވަރުންގެ ކުރިމަތީގައި މުދައްރިސް ހުރެގެން އަނގަބަހުން ހުށައަޅާދޭ ހުށައެޅުމެވެ. ބައެއް ފަހަރު މުދައްރިސަށް އިސްކަންދޭ ކިޔަވައިދިނުމަށް ' ޗޯކް އެންޑު ޓޯކް' އޭވެސް ކިޔައެވެ. (ރޯއީ ކިލެން،  1998). މިއީ، އުނގަންނައި ދިނުމުގައި މުދައްރިސްގެ ދައުރު ބޮޑު، ކަންކުރާގޮތް މުދައްރިސް ކިޔައިދީގެން ނުވަތަ ދައްކައިދީގެން އުނގަންނައިދޭ ގޮތްތަކެވެ.

ސީދާ މުދައްރިސް ކިޔަވައިދިނުމަކީ ދަރިވަރުން ޚާޞިލުކުރަން ޖެހޭ ހަމައެކަނި އިލްމީ ބަޔަށް އިސްކަންދީގެން ކިޔަވައި ދިނުންކަމަށާއި މިފަދަ ކިޔަވައިދިނުމުގައި ސަމާލުކަންދެވޭނީ ދަރިވަރުން ހަދާނެ އިމްތިހާނަށް ކަމަށް ރޯއީ ކިލެން (1998) ހާމަކުރައްވައެވެ.  މިގޮތުން ސީދާ މުދައްރިސަށް އިސްކަންދޭ އުގަންނައި ދިނުމުގެ މެތަޑަކީ ތަޤުރީރު ދިނުމާއި ކަންކުރާގޮތް ދައްކާ ދިނުންކަމަށް ވެސް ރޯއީ ކިލެން (1998) ހާމަކުރައްވައެވެ. ނަމަވެސް، ޖެއޮފް ޕެޓީ (2004) ދެކޭގޮތުގައި ދަރިވަރުންނާއި ސުވާލު ކުރުމާއި، ތަފުސީލު ކޮށްދިނުން (އެކްސްޕުލަނޭޝަން) ވެސް ސީދާ މުދައްރިސްގެ ކިޔަވާދިނުމުގެ މެތަޑު ތަކުގެ ތެރޭގައި ހިމެނެއެވެ. އާއިޝަތު ޒަޢީމާ (2011) ދެކޭ ގޮތުގައި މުދައްރިސަށް ބަރޯސާވެގެން އުނގެނުމުގައި ދަރިވަރުންނަށް މައުލޫމާތު ތަކެއް ފޯރުކޮށްދެވުނަސް، ގިނަފަހަރަށް އެވެފައި އޮންނަނީ ދަރިވަރުންގެ އަސްލު ދިރިއުޅުމުގައި ބޭނުން ނުކުރެވޭ މައުލޫމާތު ތަކަކަށެވެ.


މުދައްރިސުން ކުލާހަށް އައިސް ތަޤުރީރުދީ، އެކުދިންގެ ޚިޔާލެއްވެސް އަހައިނުލާ، ކުދިން ގުޑިލުމަށްވެސް ފުރުސަތެއް ނެތި ބައިތިއްބައިގެން ކިޔަވައިދޭން މަސައްކަތް ކުރާނަމަ، އެ މުދައްރިސުން ކިޔަވައިދެއްވާ މާއްދާއާ މެދު ފޫހިވެ އާޚިރުގައި އެ މާއްދާއެއް ފެޔަށް ޖެހޭގޮތް ދިމާވެދާނެއެވެ (މުޙައްމަދު ނާޝިދު، 2013). މިކަން މިގޮތަށް ނުވާނީ ފިލާވަޅު ތަކުގައި ދަރިވަރުން ބައިވެރި ކޮށް، އުފެންދުންތެރި މެތަޑުތައް ބޭނުން ކުރުމުންނެވެ. ނަމަވެސް، އަޅުގަނޑުމެން އެންމެންވެސް ދަންނަ ޙަޤީޤަތަކީ ކުދިން ބައިވެރިކުރެވޭނީ އެކިމިންވަރަށެވެ. މިގޮތަށް، ފިލާވަޅުގައި ދަރިވަރުން ބައިވެރިކުރުން ނުވަތަ ދަރިވަރަށް އިސްކަންދޭ ގޮތްތައް ކިޔަވައި ދިނުމުގައި އަޅުގަނޑުމެން ބޭނުން ކުރުމަށް ދަތި ތަކެއް ހުއްޓެވެ. މިގޮތުން މިފަދަ މެތަޑުތަކަށް ފިލާވަޅު ރޭވުމުގައި ދިމާވާ ދަތިތައް ހުށައަޅައިލަމެވެ.

(ހ)  އިމްތިޙާނަކަށް ބަރޯސާވެގެން ކިޔަވައިދޭން ޖެހުން

"މުދައްރިސަށް އިސްކަންދޭ އުގަންނައި ދިނުމަކީ ދަރިވަރުންގެ އިމްތިހާނަށް ބޭނުންވާ ޢިލްމީ މަޢުލޫމާތު ފޯރިކޮށްދިނުމަށް ބޭނުންކުރެވޭނެ މެތަޑެކެވެ" (ރޯއީ ކިލެން، 1998). ދިވެހިރާއްޖޭގެ ތަޢުލީމީ ނަޒަރިއްޔާތަކީ މައިގަނޑު ގޮތެއްގައި ލިބަރަލް ޢިލްމުގެ ނަޒަރިއްޔާތެއް ކަމަށް މުޞްޠަފާ އިބުރާހިމް ލުޠުފީ  ( 2011 ) ހާމަ ކުރަށްވައެވެ. ތަޢުލީމީ ޙަޔާތުގެ ކާމިޔާބީ ވަޒަންކުރެވެނީ އިމްތިހާނަކުންނެވެ. މިކަމުގެ ސަބަބުން ކިޔަވައިދިނުން ބިނާވެފައި އޮންނަނީ މި އިމްތިހާނުގެ ނަތީޖާ ރަނގަޅު ކުރުމުގެ މައްޗަށެވެ. ރޯއީ ކިލެން (1998) ދެކިލައްވާ ގޮތުގައި ޢިލްމީ ލަނޑުދަނޑި ތަކަށް ބުރަވެ ކިޔަވާދެވޭނަމަ މުދައްރިސަށް އިސްކަންދެވޭ ކިޔަވައިދިނުމުގެ ޒަރިއްޔާއިން ދަރިވަރުންގެ ވިސްނުމުގެ ހުނަރު ހަނިވެއެވެ. އެހެންނަމަވެސް، މުދައްރިސުން ވިސްނަށްޖެހެނީ، އިމްތިހާނަށް ދަރިވަރުން ތައްޔާރު ކޮށްދިނުމަށެވެ. މިހެންވުމުގެ ސަބަބުން އުގަންނައިދިނުމުގައ އުފެއްދުންތެރި މެތަޑުތައް ބެނުން ކުރަން އެޅޭ ހުރަހެކެވެ.

(ށ) ގުރޫޕު މަޝްވަރާގައި ހުރިހާ ދަރިވަރުން ބައިވެރިނުވުން

ގުޅިގެން އެއްބާރުލައިގެން އުގަންނައިދިނުން ފަދަ އުފެއްދުންތެރި މެތަޑުތައް ބޭނުން ކުރުމުގައި ދަރިވަރުން ގުރޫޕުތަކަށް ބަހައި، މަސައްކަތް ހަވާލު ކުރުމުން ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. ރޯއީ ކިލެން (1998) ދެކޭ ގޮތުގައި ގުރޫޕު މަޝްވަރާތަކަކީ ދަރިވަރުންނަށް ފިލާވަޅާ ދުރަށް ދިޔުމަށް ލިބޭ ފުރުސަތެކެވެ. މިގޮތުން، ގުރޫޕުގައި ކުރެވޭ މަޝްވަރާތަކުގައި ފިލާވަޅާ ނުގުޅޭ ކަންކަމުގައި މަސްޢޫލުވެ، ޙަވާލު ކުރެވޭ މަސައްކަތްތައް އެއް ދަރިވަރަކު ނިންމާ ފަހަރުވެސް އާދެއެވެ. ބެރޯޑު (1999) އަށް ޙަވާލާދީ އާއިޝަތު ޒަޢީމާ (2011) ފާހަގަ ކުރައްވާ ގޮތުގައި ދަރިވަރުން އަމިއްލައަށް އުނގެނުމުގެ، މި ޚިޔާލުގައި އުނގެނެއްވީ މަގު ނުވަތަ ރާސްތާ ކަނޑައަޅާނީ ދަރިވަރުން އަމިއްލައަށެވެ. އެކަމުގެ ސަބަބުން ދަރިވަރުން ކިބައިގައި ހަރުލައްވަން ޖެހޭ އިޖުތިމާޢީ ރޫޙު ނުވަތަ އެއްބައިވަންތަކަން ނެތިގެންދާ ގޮތްވެއެވެ. މިފަދަ ކަންތައްތަކަކީ ވެސް އުނގަންނައިދިނުމުގައި އުފެންދުންތެރި މެތަޑުތައް ބޭނުން ކުރުމަށް ހުރި ދަތިތަކެވެ.

(ނ) އެއް ކުލާހެއްގައި ތަފާތު ފެންވަރުގެ ދަރިވަރުން ތިބުން

"ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެކެވެ. ހުރިހާ އެއްޗެއް އެންމެންނަކަށް ފިޓެއް ނުވާނެއެވެ" (ލަކުސްމީ ވެނު ގޯޕާލް، 2012). މިއީ، އަޅުގަނޑުމެން އެއްމެ ދަންނަ ޙަޤީގަތެކެވެ. މިހެންވުމުގެ ސަބަބުން އެންމެން ގުޅިގެން އެއްބާރުލައިގެން ރާވާ ފިލާވަޅުތައް ފުލޮޕުވާ ގޮތްދިމާވެއެވެ. އެންޑުރޫ ޕޮލާޑު (2005) ދެކޭ ގޮތުގައި ގިނަފަހަރު ގުރޫޕު މަސައްކަތްތައް ފެއިލްވަނީ ދަރިވަރުން ކިބައިގައި އެކުގައި މަސައްކަތް ކުރުމުގެ ހުނަރު ނެތުމުގެ ސަބަބުންނެވެ. ގުޅިގެން އެއްބާރުލައިގެން އުގަންނައި ދިނުމުގައި ދިމާވާ ހުރަސް ތައްކަމަށް  ސައިމަން (1999) އަށް ޙަވާލާދީ އާއިޝަތު ޒަޢީމާ (2011) ދެކެނީ ކޮންމެ ދަރިވަރަކީ ވެސް ވަކި ހުނަރު ތަކަކާއި ވަކި ތަފާތު ކަންތައްތަކަކަށް ލޯބި ކުރާ ދަރިވަރަކަށްވީ ހިނދު، މިގޮތަށް ކިޔަވައިދިނުމުގައި ހުރިހާދަރިވަރުން ނަށް  ދޭންވާ ސަމާލުކަން އެންމެ އެކަށީގެންވާ ގޮތުގައި ނުދެވިދާއެވެ. ކޮންމެ ދަރިވަރަކީ ވަކި ކަންތައްތަކަކަށް ހޭނިފައިވާ ދަރިވަރަކަށް ވާތީ ކޯޕަރޭޓިވް ލާރނިންގ ފަދަ ދަރިވަރަށް އިސްކަންދެވޭ ހަރަކާތްތައް ނާކާމިޔާބުވެ ފިލާވާޅުގެ މަޤްޞަދު ޚާޞިލުނުވެ، މުދައްރިސަށާއި ދަރިވަރުންނަށް ބޭކާރު ވަގުތު ތަކަކަށް ވެދާނެއެވެ. މިއީ، އުގަންނައިދިނުމުގައި އުފެންދުންތެރި މެތަޑުތައް ބޭނުން ކުރުމަށް ހުރި ގޮންޖެހުމެކެވެ.

(ރ) ވަސީލަތްތައް ނެތުން

ދިވެހިރާއްޖޭގެ ސުކޫލުތަކުގައި ކިޔަވައި ދެވެނީ ހަމައެކަނި ބޭރުގެ ނުފޫޒު ވަދެފައިވާ އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ. ޑޭވިސް (1981) ޙަވާލާދެއްވައި މުސްޠަފާ އިބުރާހިމް ލުތުފީ (2011) ލިޔެފައިވަނީ ދިވެހިރާއްޖޭގެ މަންހަޖު ބޯދާވެފައި ހަރު ކަށިކަމަށެވެ. މާއްދާތައް އިނގިރޭސި ސުލޫކާ އެއްގޮތް ކަމަށެވެ. ދިވެހިއްޔަތު ނުވަތަ ދިވެހި ޘަޤާފަތެއް ކިޔަވައެއް ނުދެވެއެވެ. ވީމާ، ބޭރުގެ ނުފޫޒު ވަދެފައިވާ މަންހަޖަކަށް ކިޔަވައިދޭއިރު ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ނެތުމުން ގުޅިގެން އެއްބާރުލައިގެން ކިޔަވައިދިނުން ފަދަ ދަރިވަރަށް ފަހި އުގަންނައި ދިނުމުގެ މެތަޑުތަކުން ދަރިވަރުން ނަށް މާބޮޑު ފައިދާ ތަކެއް ނުކުރާނެއެވެ. ދަރިވަރުންނަށް ބަރޯސާ ކޮށްގެން އުގަންނައިދިނުން ކުރިއަށް ގެންދިޔުމަށް ދިމާވާ ދަތިތަކުގެ ތެރޭގައި ވަސީލަތްތައް ނުލިބުން އާއިޝަތު ޒަޢީމާ (2011) ވެސް ފާހަގަ ކޮށްފައިވެއެވެ. އަދި އޯސަލިވަން (2003) ޙަވާލާދެއްވައި އާއިޝަތު ޒަޢީމާ (2011) ދެކެނީ ދަރިވަރުންނަށް ބަރޯސާ ކޮށްގެން އުގަންނައިދިނުމަކީ ތަރައްޤީ ނުވާޤައުމު ތަކުގައި އެހައި ކާމިޔާބު ގޮތެއްނޫން ކަމަށެވެ. މިހެންވުމުން، އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާގޮތުގައި އުގަންނައިދިނުމުގައި އެންމެ އެކަށީގެންވާ ވަސީލަތްތައް ނެތުމަކީ އުނގަންނައިދިނުމުގައި އުފެއްދުންތެރި މެތަޑުތައް ބޭނުން ކުރުމަށް ހުރި ދަތިކަމެކެވެ.


އުސްތާޛުންނާ ކުރި އިންޓަވިއުގައި މައިގަނޑު ގޮތެއްގައި ބަލައިލެވިފައި ވާނީ ފިލާވަޅުގައި މަޤްޞަދު ލިޔުމާއި، ފެށުމުގެ ހަރަކާތާއި، ލެސަންޕުލޭން ތަކުގައިވާ ހަރުދަނާ ކަންކަމާއި، ބަލިކަށި ކަންކަމާއި އަދި ދެ ފިލާވަޅު ތަންފީޒު ކުރުމަށް ހުރި ފަހި ކަންތައްތަކަށެވެ. ( ދެ ފިލާވަޅާއި ބެހޭ ގޮތުން ކުރި އިންޓަވިއު ތަކުގެ ޚުލާސާ ޖަދުވަލު 3  ގައި ވާނެއެވެ).


ތައްޔާރު ކުރި ދެފިލާވަޅާއި މެދު އުސްތާޛުން 1 ދެކޭ ގޮތަށް ބަލާލާއިރު، ދަރިވަރުންގެ ބޭނުން ތަކަށް ވިސްނައިގެން، ދަރިވަރުން ޝަޢުޤުވެރިވާ ފަދަ ފިލާވަޅެއް ރާވާފައިވަނީ ފިލާވަޅުރޭވުން 1 ގައި ކަމަށް އެއްބަސް ވެފައިވެއެވެ. ފިލާވަޅެއް ރޭވުމުގައި ވިސްނަށްޖެހޭ މައިގަނޑު ބައިތަކުގެ ތެރެއިން ފިލާވަޅުރޭވުން 1 ގައި މަޤުޞަދު ލިޔެފައިވަނީ SMART ކޮން ވަޒަން ކުރަން ފަސޭހަ ވާނޭ ގޮތަށް ކަމަށާއި ނަމަވެސް ފިލާވަޅު ރޭވުން 2 ގައި މަޤުޞަދު، އިތުރު ތަފުޞީލު ނެތި ލިޔެފައިވުމުން  އެ މަޤުޞަދު ރަނގަޅު ނޫން ކަމަށް އުސްތާޛު 1 ދެކެއެވެ. އުސްތާޛު 1 ގެ ނަޒަރުގައި ދަރިވަރުން ޝަޢުޤުވެރިވާ، ނަގާދޭން އުޅޭ ފިލާވަޅުގެ ތެރެއަށް ދަރިވަރުންނަށް ވަދެވޭ، ފިލާވަޅުގެ ޞުރުޙީ އާއި ގުޅޭ ފެށުމަކަށްވާތީ، އެންމެ ރަނގަޅު ފެށުމެއް ގެނެސްދީފައި ވަނީ ފިލާވަޅުރޭވުން 1 ގައެވެ. ހަމަމިއާއެކު މުދައްރިސް ކަންކުރުމުގެ ބަދަލުގައި ދަރިވަރުން ލައްވާ ކުރުވާތީ އާއި ގުރޫޕު މަސައްކަތްތައްވެސް އެކި ފެންވަރުގެ ކުދިންނަށް އަމާޒުކޮށް، ސުޓުޑެންޓު ސެންޓަރޑު ފިލާވަޅެއް ރާވާފައިވާތީ އުފެންދުންތެރި މެތަޑަށް ތައްޔާރުކޮށްފައިވަނީ ފިލާވަޅުން ރޭވުން 1 ކަމަށް އުސްތާޛު 1 ހާމަ ކުރެއެވެ.

ފިލާވަޅުރޭވުން 1 ގައި ފިލާވަޅުގެ ޚުލާޞާއެއް ދެވިފައި ނެތުމަކީ ފިލާވަޅުގެ ބަލި ކަށިކަމެއް ކަމަށް ފާހަގަ ކުރާއިރު، މި ފިލާވަޅުގައިވާ ހަރުދަނާ ކަންތައްތައް ކަމަށް މިއުސްތާޛު ފާހަގަ ކުރާކަންތައްތަކަކީ ފިލާވަޅުގައި މަޤުޞަދު ލިޔެފައިވާ ގޮތް، ކިޔަވައި ދިނުމުގައި ބޭނުން ކުރާ މެތަޑު، ކިޔަވައިދިނުމުގެ އެހީ އަދި ވަގުތު ބަހާލެވިފައިވާ ގޮތެވެ. ހަމަ މިއާއެކު ފިލާވަޅުރޭވުން 2 ގައި ހަރުދަނާ އެއްވެސް ކަމެއް ފާހަގަ ނުކޮށް ސުމާރޓު މަޤުޞަދު ލިޔެފައި ނެތުން،ކިޔަވައިދިނުމުގެ އެހީ ބޭނުން ނުކުރުން، ދަރިވަރަށް ފަހި މެތަޑެއް ނެތުން، ފެށުން ޝައުޤު ވެރި ނުވުން އަދި  މަސައްކަތް ޝައުޤުވެރި ނުވުން ފާހަގަ ކުރަނީ ފިލާވަޅުރޭވުން 2 ގައިވާ ބަލިކަށި ކަންތައްތައް ކަމުގައެވެ. އަދި މީގެއިތުރުން، ފިލާވަޅުރޭވުން 1 ގައި ނިމުން ގެނެސް ފައިވާ ގޮތް އެންމެ ރަނގަޅުނޫން ކަމަށާއި އަދި ފިލާވަޅުރޭވުން 2 ގައި ނިމުން ވަރަށް ގޯސްކަމަށް ފާހަގަ ކޮށްފައިވެއެވެ. 


އުސްތާޛުންނާއި ކުރި އިންޓަވިއުގައި ދެ ފިލާވަޅުރޭވުމާއި މެދު އުސްތާޛުން ފާހަގަ ކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އުސްތާޛު 2 ގެ ބުނުންތައް އުސްތާޛު 1 ގެ ބުނުން ތަކާއި ކުދިކުދި ތަފާތު ހުރި ކަމުގައި ވިއަސް، ގިނަ ކަންތައްތަކުގައި ދެ އުސްތާޛުންގެ ވިސްނުން ދާދި އެއްގޮތެވެ. މިގޮތުން، SMART މަޤުޞަދެއް ލިޔެ، އެންމެ ރަނގަޅަށް ރާވާފައިވަނީ ފިލާވަޅުރޭވުން 1 އެވެ. އަދި ފިލާވަޅުރޭވުން 2 ގައި މަޤްޞަދުގައި ހިމެނޭ 3 ބައި ހިމެނިފައި ނުވާތީ އެއީ އެއްމެ ރަނގަޅަށް ލިޔެފައިވާ މަޤުޞަދެއް ނޫންކަމަށް ވެސް އުސްތާޛު 2 ހާމަ ކުރެއެވެ. ފިލާވާޅާ ގުޅޭ ޝަޢިޤުވެރި ފެށުމަކަށްވާތީ، އެންމެ ރަނގަޅު ފެށުމަކީ ފިލާވަޅުރޭވުން 1 ގައިވާ ފެށުން ކަމަށާއި، މުދައްރިސްގެ ހަރަކާތަށްވުރެ  ބޮޑަށް ދަރިވަރުންގެ ހަރަކާތްތައް ހިމެނިފައިވާތީ، ދަރިވަރުން ޝާމިލު ވާތީ، އުނގެނުމަށް އިސްކަންދޭ ގޮތަށް ފިލާވަޅު ރާވާފައިވާތީ ، އުފެންދުންތެރި މެތަޑަށް ތައްޔާރު ކޮށްފައިވަނީ ފިލާވަޅުރޭވުން 1 ކަމަށް އުސްތާޛު 2 ހާމަ ކުރެއެވެ.

ފިލާވަޅުގެ ޚުލާޞާއެއް ދެވިފައި ނެތުމަކީ ފިލާވަޅުރޭވުން 1 ގައިވާ ބަލިކަށި ކަމެއް ކަމަށާއި އަދި ހަރުދަނާ ކަމަކީ މަޤުޞަދު ހާސިލް ކުރުމަށް ހަރަކާތްތަކެއް ރާވާފައިވުންކަމަށް އުސްތާޛު 2 ހާމަކުރެއެވެ. ފިލާވަޅުރޭވުން 2 ގައި ރާވާފައިވާ ހަރަކާތްތަކަކީ މަޤުޞަދު ހާސިލު ނުވާނޭ ހަރަކާތް ތަކެއް ކަމަށާއި އަދި މިފިލާވަޅުގައި ކިޔަވައި ދިނުމުގެ އެހީ ބޭނުން ނުކުރާކަމަށް ހާމަކުރުމާއި އެކު، ފިލާވަޅުރޭވުން 2 ގައި ޚުލާޞާ ކުރުމުގެ މަސައްކަތް ކުރުން އެއީ އެފިލާވަޅުގައިވާ ހަރުދަނާ ކަމެއް ކަމަށް ހާމަ ކުރެއެވެ. ފިލާވަޅުރޭވުން 2 ގައި ނިމުން ގެނެސްފައިވާ ގޮތާއިމެދު އެއްވެސްކަމެއް ފާހަގަ ނުކުރިނަމަވެސް ފިލާވަޅުރޭވުން 1 ތައްފީޒު ކުރުމަށް ހުރި ފަހި ކަންތައްތައް ކަމުގައި ޕީ ޕީ ޓީ ބޭނުންކުރުން، ވީޑިއޯ ޚުލާޞާ، ހަރަކާތަށް ފަހު ހަރަކާތެއްރޭވިފައިވާ އޮތުން އަދި ވިސުއަލްކޮށް ކިޔަވައި ދިނުން ހިމަނާފައިވެއެވެ.

 އުސްތާޛުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ޖުމުލަ ގޮތެއްގައި ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު ލެސަންޕުލޭނެއް ކަމަށް ދެ އުސްތާޛުންވެސް ފާހަގަ ކޮށްފައިވަނީ ފިލާވަޅު ރޭވުން 1 އެވެ. މިގޮތުން ފިލާވަޅު ރޭވުން 1 ގައި މައިގަނޑު ގޮތެއްގައި ރަނގަޅު ކަމަށް ދެ އުސްތާޛުންވެސް ފާހަގަކޮށްފައިވާ ކަންތައްތަކަކީ މަޤްޞަދު އިބާރާތްކޮށްފައިވާ ގޮތް، ޝައުޤުވެރިވާ ފަދަ ފެށުމެން އޮތުން، ދަރިވަރަށް އިސްކަންދޭ މެތަޑެއް ބޭނުން ކޮށްފައިވުން، ވަގުތު ބަހައިލެވިފައިވާ ގޮތް އަދި ބޭނުން ކުރެވޭ ވަސީލަތެވެ. މިއާއެކު ފިލާވަޅު ރޭވުން 1 ގައި ރަނގަޅު ކޮށްލަން ޖެހޭ ކަމަށް ފާހަގަ ކޮށްފައިވަނީ ފިލާވަޅުގެ ނިންމުމެވެ. ކުރީގެ ގޮތަށް ބޯޑާއި ޗޯކު ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ލެސަންޕުލޭން (ފިލާވަޅުރޭވުން 2) ގައި ޖުމުލަ ގޮތެއްގައި ވަރަށް ގިނަ ކަންތައްތަކެއް ފިލާވަޅުގައިވާ ބަލިކަށި ކަންކަމުގެ ގޮތުގައި ދެ އުސްތާޛުން ވެސް ފާހަގަ ކޮށްފައިވެއެވެ.

ދެފިލާވަޅާ މެދު އުސްތާޛުން ފާހަގަ ކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ބުނެވޭނީ ދެ އުސްތާޛުން ވެސް ބުރަވެފައިވާ ގޮތަށް އުނގަންނައި ދިނުމުގައި ދަރިވަރަށް ބަރޯސާވާ މެތަޑުތައް ބޭނުން ކުރުމަކީ އުގަންނައި ދިނުމުގެ އަސްލު މަޤްޞަދު ހާސިލުވެގެންދާނެ ކަމެއްކަމެވެ.


އެސް އެސް ސީ ދިވެހި މާއްދާގެ ސުރުޚީއެއް ކަމަށްވާ ޚުލާޞާކުރުމަށް ރާވާފައިވާ ދެފިލާވަޅަށް، ދެ އުސްތާޛުންވެސް އެއްބަސްވާ ގޮތުގައި އެންމެ ރަނގަޅަށް ފިލާވަޅު ރާވާފައިވަނީ ފިލާވަޅުރޭވުން 1 ގައެވެ. ލެސަންޕުލޭންގެ މަޤްޞަދު ކަނޑައަޅާފައިވާ ގޮތަށް ބަލާލާއިރު، އުސްތާޛުން ފާހަގަ ކުރިގޮތަށް އެންމެ ފުރިހަމަ މަޤްޞަދެއް ލިޔެފައިވަނީ ފިލާވަޅުރޭވުން 1 ގައެވެ. ފިލާވަޅުރޭވުން 1 ގައި ލިޔެފައިވާ މަޤްޞަދުގައި ހިމެނޭ 3 ބައި އެކުލެވިގެންވާ ކަމަށް ފާހަގަ ކުރެވެއެވެ. މިގޮތުން، ފިލާވަޅުރޭވުން 1 ގައި ކަނޑައަޅާފައިވާ އެއް މަޤުޞަދުގައި ވަނީ "ފިލާވަޅު ނިމޭއިރު ކުލާހުގެ ހުރިހާ ދަރިވަރުން ވެސް ހަވާލުކުރާ އެއް ޞަފްހާގެ ލިޔުމެއް، 10 ފޮޅުވަތާއި 12 ފޮޅުވަތާ ދެމެދުގެ މިންވަރަށް، ކިޔައިދެވުނު މަޢުލޫމާތު ބޭނުންކޮށްގެން ޚުލާޞާކުރާނެ" ހަމަ މިއާއެކު މި ފިލާވަޅުގައި ކަނޑައާޅާފައިވާ ދެ މަޤުޞަދުގައިވެސް ވަނީ މަޤްޞަދުގައި ހިމެނޭ 3 ބައި އެކުލެވިގެންވާ މައުލޫމާތު ވަޒަން ކުރެވޭނެ ދެ މަޤްޞަދުކަންވެސް ފާހަގަ ކުރެވެއެވެ. ފިލާވަޅުރޭވުން 2 ގެ މަޤްޞަދުގައި ޚުލާޞާކުރަން އެގޭނެ ކަމަށް ލިޔެފައިވާއިރު، ދެ އުސްތާޛުންވެސް އެއްބަސް ވެފައިވާ ގޮތަށް އެއްވެސް ތަފުސީލެއް ދީފައެއް ނުވެއެވެ. ކަމެއް ރޭވުމުގެ ކުރިން އެކަމެއް ރާވާ ސަބަބު އެނގެން ޖެހޭނެއެވެ (ޖެއޮފް ޕެޓީ 2004). މުދައްރިސުންނަށްވެސް ކާމިޔަބު ފިލާވަޅަކަށް ތައްޔަރު ވެވޭނީ، އެފިލާވަޅެއްގެ މަޤްޞަދު ވަރަށް ރަނގަޅަށް ކަނޑައެޅިގެންނެވެ. ފިލާވަޅު މަޤްޞަދުވާންޖޭހެނީ އެ ކަނޑައަޅާ ވަގުތެއްގައި، ކަނޑައަޅާ މިންވަރަކަށް ހާސިލްކުރެވޭ އަދި ހާސިލުވި މިންވަރު ވަޒަންކުރެވޭނެ އެއްޗަކަމަށް އެންޑުރޫ ޕޮލާރޑު (2005) ހާމަ ކުރެއެވެ.

ފިލާވަޅުގެ ފެށުމަން ބަލާއިރު ދެއުސްތާޛުންވެސް ދެކިލައްވާ ގޮތުގައި ދަރިވަރުން ޝައުޤު ވެރިވާ އަދި ފިލާވަޅާ ގުޅޭ ފެށުމެއް ގެނެސްދީފައިވަނީ ފިލާވަޅުރޭވުން 1 ގައެވެ. ފިލާވަޅެއް ފެށުމަށްޓަކައި ޞުރުޚީ ބުނެލުމުން ނުފުދޭނެކަން ދެއުސްތާޛުންވެސް ގަބޫލުކުރެއެވެ. އެހެންކަމުން، ފިލާވަޅުރޭވުން 1 ގައިވާ ގޮތަށް ފިލާވަޅުގެ ފެށުންވާންވާނީ އެފިލާވަޅުގެ ތެރެއަށް ކުދިންނަށް ވަދެވޭ، ދަރިވަރުންގެ ފެންވަރު ވަޒަންކުރެވޭ އަދި ވަރަށް ޝައުގުވެރި ފެށުމަކަށެވެ.

ފިލާވަޅުގެ މަޤްޞަދު ޙާސިލް ކުރުމަށް ރޭވޭ ހަރަކާތްތަކަކީ ދަރިވަރުންގެ ބޭނުން ތަކަށް ނުވިސްނާ، އިންތިޒާމް ކުރެވިފައިވާ ހަރަކާތް ތަކަކަށް ވެއްޖެނަމަ މަޤްޞަދު ހާސިލް ނުވެދާނެއެވެ. ޖެއޮފް ޕެޓީ (2004) ބަޔާކޮށްފައިވާ ފަދައިން ފިލާވަޅު ރާވާއިރު ދަރިވަރުން ކިޔެވުމަށް ޝައުގުވެރިވާ، ކިޔެވުމަށް ހިތްވަރު ލިބޭފަދަ، އަދި ދަރިވަރުން ހޭލުންތެރި ކުރުވާ، އެމީހުންގެ ގަބޫލުކުރުމާއި، ދެކޭގޮތާއި، އިހްސާސްތައް ބަދަލުކޮށްލެވޭ ފަދަ ހަރަކާތްތައް ރާވަން ވާނެއެވެ. މިގޮތުން، ދެ އުސްތާޛުން ވެސް ދެކޭގޮތުގައި ދަރިވަރަށް ފަހި ގޮތަށް ފިލާވަޅު ރާވާފައިވަނީ ފިލާވަޅުރޭވުން 1 ގައެވެ. ފިލާވަޅުރޭވުން 2 ގައި ފިލާވަޅު އުނގަންނައި ދިނުމުގައި ދަރިވަރުން ބައިވެރިވުން ނެތްކަމަށް ފާހަގަ ކުރެވެއެވެ. ފިލާވަޅުރޭވުން1 ގައި ދެ އުސްތާޛުންވެސް ފާހަގަކުރިގޮތަށް ރޭވިފައިވާ ހަރަކާތްތަކާ، ކަނޑައަޅާފައިވާ މަގުސަދާ، ބޭނުންކުރެވޭ ވަސީލަތްތަކާ އަދި ހަރަކާތްތަކަށް ވަގުތު ބަހާލެވިފައިވާ ގޮތަކީ ވެސް ކާމިޔާބު ފިލާވަޅެއް ގެންދެވިދާނެ ގޮތަށް ހަރުދާނާ އުސޫލުތަކެކެވެ. ފިލާވަޅުރޭވުން 1 އާއިމެދު އުސްތާޛު 1 ބަލިކަށި ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފިލާވަޅުގެޚުލާޞާއެއް ނެތުމުގެ ވާހަކައެވެ. ފިލާވަޅުރޭވުން 1 ގައި ދަރިވަރުންކުރާ މަސައްކަތްތަކުން ފާހަގަ ކުރެވޭ މައްސަލަތަކާއި މެދު ވާހަކަ ދައްކާނެ ކަމަށް ފިލާވަޅުރޭވުން 1ގައި ހިމަނާފައިވާނެއެވެ. ދަރިވަރުން ކުރާ މަސައްކަތުން ފާހަގަ ކުރެވޭ މައްސަލަތައް ކިޔައިދޭ އިރު،ފިލާވަޅު ޚުލާޞާ ވެސް ކުރެވޭނެއެވެ. ފިލާވަޅުރޭވުން 2 އާއިމެދު އުސްތާޛު 1 އެއްވެސް ރަނގަޅުކަމެއް ފާހަގަ ކޮށްފާ ނުވާއިރު އުސްތާޛް 2 ފާހަގަ ކޮށްފައިވަނީ ކުލާހުގައި ޚުލާސާ ކުރުމުގެ މަސައްކަތް ކުރުން އެއީ ހަރުދަނާ ކަމެއްގެ ގޮތުގައެވެ. އަޅުގަނޑުގެ ނަޡަރުގައި ފިލާވަޅުރޭވުން 2 ގައި ޗޯކާއި ބޯޑު ބޭނުންކޮށްގެން ކިޔަވައިދޭ އިރު، މުދައްރިސް ފިލާވަޅު އޮޅުންފިލުވައިދޭއިރު ދަރިވަރުން ސަމާލުކަންދީގެން އަޑުއަހަން ތިބޭނަމަ ފިލާވަޅު ކާމިޔާބު ވާނެއެވެ. ނަމަވެސް މިއީ އުގަންނައި ދިނުމުގެ ވަރަށް ބަލިކަށި މެތަޑެކެވެ. މިހެންކަމުން އުސްތާޛް 2 ފާހަގަ ކޮށްފައިވާ ފަދައިން ފިލާވަޅުރޭވުން 2 އަކީ މުޅިން ފުލޮޕް ފިލާވަޅެކޭ ނުދެންވޭނެއެވެ.

ކޮންމެ ފިލާވަޅެއްގައި ވެސް ފިލާވަޅުގެ ނިންމުން އެއީ ދަރިވަރުން ވަޒަން ކުރުމަށް ބޭނުން ކުރެވޭ ވަގުތެވެ. އުސްތާޛު 1 ދެކޭ ގޮތުގައި ފިލާވަޅުރޭވުން 1 ގައި ފިލާވަޅުގެޚުލާޞާއެއް ނެތުމުން ނިންމުން އެންމެ ރަނގަޅެނޫން ކަމަށް ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް ފިލާވަޅު ވަޒަންކުރެވޭނެ ގޮތެއް އޮތްކަމަށް ފާހަގަ ކޮށްފައިވެއެވެ. އުސްތާޛް 2 ވެސް ފާހަގަ ކޮށްފައިވަނީ ފިލާވަޅުގެ ޚުލާޞާއެއް ނެތްވާހަކައެވެ. ނަމަވެސް، ކުރިން ބުނެވުނު ފަދައިން ދަރިވަރުން ކުރާ މަސައްކަތުން ފާހަގަ ކުރެވޭ މައްސަލަތައްކިޔާދޭ އިރު، ފިލާވަޅު ޚުލާޞާ ވެސް ކުރެވޭނެއެވެ.

 މި ދެ ލެސަންޕުލޭން ގައިވާ ފިލާވަޅު ތަންފީޒު ކުރުމަށް ހުރި ފަހިކަންތައްތަކާ ބެހޭގޮތުން ދެ އުސްތާޛުންވެސް ފާހަގަ ކޮށްފައިވަނީ ފިލާވަޅުރޭވުން 1 ގައި ދަރިވަރަށް ފަހި ވަރަށްގިނަ ހަރަކާތްތަކެއް ރޭވިފައި ވާކަމަށެވެ. އުސްތާޛުންވެސް ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ވެސް މިފިލާވަޅުން ދަރިވަރުންނަށް އިތުރު ހުނަރު ތަކެއް ލިއްބައިދެއެވެ. މިސާލަކަށް ޚުލާޞާކުރާ ފިލާވަޅު ކުލާހުގައި ހުށައަޅާ ދިނުމުން ދަރިވަރުންގެ އެ ހުނަރު ތަރައްޤީ ވެގެންދާނެއެވެ. ފިލާވަޅުރޭވުން 2 އާއި މެދު އުސްތާޛު 2 ފިލާވަޅު ތަންފީޒު ކުރެވޭނެ ފަހި ގޮތެއް ބަޔާން ކޮށްފައި ނުވާއިރު އުސްތާޛު 1 ފާހަގަ ކޮށްފައިވާ ފަހިކަމަކީ ވަގުތު ބަހާލާފައިވާ ގޮތެވެ. އަޅުގަނޑުގެ ނަޡަރުގައި ފިލާވަޅުރޭވުން 2 ގެ ފެށުން ގެނެސްފައިވާ ގޮތުގައި މަޤްޞަދު ދަރިވަރުންނަށް ކުރިން އެނގިފައި އޮތުމަކީ ފިލާވަޅު ތަންފީޒު ކުރުމަށް ފަހި ކަމެކެވެ. ހަމައެއާއެކު،  ކުލާހުގައި ޚުލާޞާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މުދައްރިސް ދަރިވަރުންނަށް އެހީތެރިވެދިނުމަކީވެސް ފިލާވަޅު ތަންފީޛު ކުރުމަށް ހުރި ފަހިކަންތައްތަކެކެވެ. ނަމަވެސް، ފިލާވަޅުރޭވުން 1 އެއީ ގުޅިގެން އެއްބާރުލައިގެން އުގަންނައިދިނުމުގެ މެތަޑު ބޭނުން ކޮށްފައިވާ އުފެއްދުންތެރި ލެސަންޕުލޭން އެކެވެ.


ކުދިންގެ ކިބައިގައި އުނގެނުމުގެ ރޫޙް އާލާކޮށް އިތުރު ކުރުމަށްޓަކައި ކިޔަވައިދިނުމުގައި ތަފާތު އުކުޅުތައް ބޭނުންކުރުން މުހިއްމެވެ. މިގޮތުން އުނގެނުމުގެ މާހައުލަށް އަމާޒުވާނޭހެން ފިލާވަޅުތައް  ބައްޓަށްކުރުމާއި،  މަންހަޖާއި ގުޅުވައިގެން ފިލާވަޅުތައް ރޭވުމާއި، ކުދިންގެ އުނގެނުމުގެ ގޮތްތަކަށް ބަރޯސާކޮށްގެން ލެސަން ޕުލޭން ކުރުމާއި، އުނގަންނައިދެވޭނެ ވަގުތުތައް ކަނޑައެޅުމާއި، ވަޒަން ކުރުވެނިވި އުސޫލަކުން ފިލާވަޅުތައް ރޭވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިފަދަ ފުރިހަމަ އިންތިޒާމެއްގެ މަތިން ފިލާވަޅު ރާވާ ކިޔަވައިދިނުމުގެ އެހީތައް ތައްޔާރުކޮށް، ހުރިހާ ދަރިވަރުން ޝާމިލްވާފަދަ ހަރަކާތްތަކެއް ކުލާހުގައި ގެންދެވިއްޖެނަމަ އުނގަންނާދެވޭ ފިލާވަޅަކީ ކާމިޔާބު ފިލާވަޅަކަށް ވާނެއެވެ. އެއާޚިލާފަށް ރަނގަޅަށް ތައްޔާރުނުވެ ކުލާހަށް ދާ މުދައްރިސް، ހާސްކަން މަތީ ވަގަތުތައް ހޭދަވެ، ފިލާވަޅު ފުލޮޕް ވުމަކީ ވަރަށް ގާތް ކަމެކެވެ. ލެސަންޕުލޭން އާއި މެދު ފަތްފުށްތަކުން ހޯދި މައުލޫމާތާ، އުސްތާޛުންނާއި ކުރި އިންޓަރވިއުން އެގުނު ގޮތުގައި އުގަންނައި ދިނުމުގައި، ދަރިވަރުންނަށް ލިބިދޭންޖެހޭ ހުނަރާއި މައުލޫމާތާއި އެކު ފިލާވަޅުގެ މަޤްޞަދު ހާސިލް ކުރެވޭނީ އުފެއްދުންތެރި މެތަޑު ތަކަށް ފިލާވަޅު ރާވައިގެންނެވެ. ނަމަވެސް، ގަބޫލު ކުރަންޖެހޭ ޙަޤީޤަތަކީ އުފެންދުންތެރި ނުވަތަ ދަރިވަރަށް ބަރޯސާވެގެން އުނގަންނައިދޭވޭ ފަދަ މެތަޑުތަކަށް އުގަންނައިދިނުން ކުރިއަށްގެންދިޔުމަށް ދިމާވާ ދަތިތަކެއްވެސް ހުރި ކަމެވެ. ނަމަވެސް، ވިސްނަންވީ ފިލާވަޅުގެ އަސްލު މަޤްޞަދު ހާސިލް ކުރުމަށްޓަކައި ވީހާ ގިނައިން ދަރިވަރަށް ފަހި އުސޫލުތައް ބޭނުން ކުރުމަށެވެ.  









ޖަދުވަލުތައް

                                    
                          
                              ޖަދުވަލު 1
( މިއެސައިންމެންޓުގެ ފުރަތަމަ ބައިގައި ތައްޔާރު ކުރި ލެސަން ޕުލޭން ތައް )
cnuvEr uLwvWlif                                        1
1
ގަޑި
އޮގަސްޓް 2014
ތާރީޚް
7
ހަފުތާ
ދިވެހިބަސް
މާއްދާ
9
ކުލާސް
40
ވަގުތު
2014
އަހަރު
ޚުލާޞާކުރުން
ސުރުޚީ
2
ޓާމް
ޚުލާޞާކުރުން
އަރިމަތީ ސުރުޚީ
-         ޚުލާޞާކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން
އެނގެންޖެހޭ މައުލޫމާތު
v   ފިލާވަޅު ނިމޭއިރު ކުލާހުގެ ހުރިހާ ދަރިވަރުން ވެސް:
v   ޚުލާޞާކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރެއިން، ކުލާހުގައި ކިޔައިދެވުނު މައުލޫމާތުގެ އެހީގައި މަދުވެގެން ދެ ކަމެއް ކިޔާނެ
v  ހަވާލުކުރާ އެއް ޞަފްހާގެ ލިޔުމެއް، 10 ފޮޅުވަތާއި 12 ފޮޅުވަތާ ދެމެދުގެ މިންވަރަށް، ކިޔައިދެވުނު މަޢުލޫމާތު ބޭނުންކޮށްގެން ޚުލާޞާކުރާނެ
މަޤުޞަދު
މަސައްކަތު ކަރުދާސް، ވީޑިއޯ ކްލިޕް
އުނގެނުމުގެ އެހީ:
ވާހަކަދެއްކުމާއި ޚިޔާލުފާޅުކުރުމުގެ ހުނަރު، އަޑުއެހުން
ފިލާވަޅުގެ ތަފުސީލު:
ވަގުތު
ދަރިވަރުންގެ ހަރަކާތްތައް
މުދައްރިސްގެ ހަރަކާތްތައް
5 މިނެޓު
ވީޑިއޯ ބެލުން
ކިޔާދިނުން
§                  އޯޑިއޯ ވާހަކައެއް އަޑުއިއްވުން
§      ވާހަކައިގެ މައިގަނޑު ހާދިސާ 2 ޖުމުލައިން  ކިޔާދިނުމަން ބުނުން
§       މައިގަނޑު ހާދިސާ އާއި މެދު ވާހަކަ ދައްކާ، މިއަދު މިއުޅެނީ ޚުލާޞާ ކުރުމަށް ކަމަށް ބުނެ ފިލާވަޅާ ގުޅުވާލާނީ.

ފެށުން
7 މިނެޓް


އަޑުއެހުން ސުވާލެއް އޮތްނަމަ ކުރުން
ޖަވާބު ދިނުން
ފުރަތަމަ ހަރަކާތް
§      ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަންގެ އެހީގައި ޚުލާޞާކުރުމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުން
§      ޚުލާޞާ ކުރުމުގައި ވިސްނަންވާ ކަންތައްތަކާ ބެހޭ ގޮތުން ދަރިވަރުންނާ ސުވާލުކޮށް އޮޅުން ފިލުވައި ދިނުން
§      މިގޮތުން ދަރިވަރުން ދޭ ޖަވާބު ތަކުން ރަނގަޅު ޖަވާބާއި، މުދައްރިސް އިތުރުކުރާ ނުކުތާތައް ޕްރެޒެންޓޭޝަންގެ އެހީގައި، ރަނގަޅަށް އޮޅުން ފިލުވައި ދިނުން


މައިގަނޑު
އުނގެނުމުގައި ބޭނުންކުރެވިދާނެ ބައެއް ހަރަކާތްތައް
15 މިނެޓް

މަސައްކަތްކުރުން

މަޝްވަރާގައި ބައިވެރިވުން

ހުށައެޅުން/ އެހެންކުދިން އަޑުއަހަން ތިބުން
މަޝްވަރާގައި ބައިވެރިވުން
ދެވަނަ ހަރަކާތް
§      ކުލާހުގެ ދަރިވަރުން، ގުރޫޕެއްގައި 4 ކުދިން ހިމެނޭގޮތަށް ބަހާލުން
§      ކޮންމެ ގުރޫޕަކަށް ބައި ޞަފުހާގެ ލިޔުމެއް ހަވާލުކުރުމަށްފަހު، އެ ލިޔުމުގެ މުހިއްމު ނުކުތާތަކުގައި ދަށުރޮނގުދެމުމަށް ހަވާލު ކުރުން
§      ދެން 2 ދަރިވަރުން ހިމެނޭ ގޮތަށް ގުރޫޕު ހަދާލުމައް ފަހު  މުހިއްމު ނުކުތާގައި ދަށު ރޮނގުދަމާފައިވާ ލިޔުން ޚުލާޞާ ކުރުމަށް ހަވާލުކުރުން
§      ދަރިވަރުންގެ މަސައްކަތްތަކުން މަދުވެގެން 5 ގުރޫޕުގެ މަސައްކަތް ދަރިވަރުން ލައްވާ ކުލާހައް ހުށައަޅާ ދިނުން.
§      ފާހަގަ ކުރެވުނު މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުން


8މިނެޓު

މަސައްކަތް ކުރުން

§               ތިންވަނަ ހަރަކާތް
§   އެއްޞަފްހާގެ ލިޔުމެއް ހަވާލުކުރުމަށްފަހު، އެ ލިޔުމުގެ މުހިއްމު ނުކުތާތަކުގައި ދަށުރޮނގުދަމާ އެ ލިޔުން 10 ފޮޅުވަތާއި 12 ފޮޅުވަތާ ދެމެދުގެ މިންވަރަށް ޚުލާޞާކުރުމަށް ހަވާލުކުރުން
5 މިނެޓު
އަޑުއަހުން

ސުވާލުކުރުން
§   ދަރިވަރުންގެ މަސައްކަތް ބަލައި މާކުކޮށް އެހީތެރިވެ ދިނުން
§   ފާހަގަ ކުރެވުނު މައްސަލަތަކާ ރަނގަޅު ކޮށްލަން ޖެހޭ ބައިތައް ކިޔައިދީ އޮޅުން ފިލުވައިދިނުން
§   ނުނިމި ހުރި މަސައްކަތް ގޭގައި ފުރިހަމަ ކުރުމަށް ހަވާލުކުރުން
ނިންމުން
ވަޒަންކުރާނެ ގޮތް:   ކުދިން ލިޔާ ހުލާސާ އިން
އެހީއަށް ބޭނުންވާ ކުދިންނަށް އެހީވާނެ ގޮތް: ޖެހިލުންވާ ކުދިންނަށް ހިތްވަރު ދިނުން، އޮޅުން އަރާކުދިންނަށް އެހީވުން



ފިލާވަޅު ރޭވުން 2
1
ޕީރިއަޑް
9 މާރިޗު 2014
ގަޑި
9
ހަފްތާ
ދިވެހި
މާއްދާ
9
ކުލާސް
 40 މިނިޓް
ވަގުތު
-         ޚުލާޞާ ކުރުން
ސުރުޚީ
-         ޚުލާޞާ ކުރުން
އަރިމަތީ ސުރުޚީ
-         ޚުލާސާ ކުރުމުގައި ވިސްނަށް ޖެހޭ ކަންތައްތައް
އެގެންޖެހޭ މައުލޫމާތު
- ފިލާވަޅު ނިމޭއިރު ކުލާހުގެ ހުރިހާ ދަރިވަރުންނަން ވެސް:
 ޚުލާޞާކުރަން އެނގުން
ހަވާލު ކުރެވިފައިވާ މަސައްކަތް ނިއްމުން.
މަޤްޞަދުތައް
ކިޔަވާދިނުމުގެ އެހީ: - ބޯޑު ޗޯކު
ދަރިވަރުންގެ ހަރަކާތްތައް
މުދައްރިސްގެ ހަރަކާތްތައް
ވަގުތު

(5މ)




(10މ)


(20މ)






(05 މ

- ސަލާމަށް އިޖާބަދިނުން




- އަޑު އެހުން

-މަސައްކަތް ކުރުން

- ސުވާލު ކުރުން





- އަޑުއެހުން

 ފެށުން:
·         ސަލާން ގޮވުން
·         ބޯޑުގައި ، ފިލާވަޅުގެ ސުރުހީ ލިޔުން
·         ފިލާވަޅު ނިމޭ އިރު އެނގެންޖެހޭ މިންވަރު ބުނެދިނުން
 މައިގަނޑު:
·        ޚުލާޞާ ކުރުމާއި ބެހޭ މައުލޫމާތު ކިޔައިދިނުން
·        ދަރިވަރުންގެ ފޮތުގައި ވާ ލިޔުން ޚުލާޞާ ކުރަން ބުނުން
·        ދަރިވަރުން ކުރާ މަސައްކަތް ބަލާ، ދަރިވަރުން ނަށް އެހީތެރިކަން ފޯރުކޮންދިނުން


ނިންމުން
·        މަސައްކަތުގެ ނުނިމި އޮތްބާ ގޭގައި ނިންމަން ބުނުން
ވަޒަންކުރާނެގޮތް: ދަރިވަރުން ލިޔާ ޚުލާޞާ އިން

ޖަދުވަލު 2
ތާވަލު 1؛ ދެފިލާވާޅާ ބެހޭ ގޮތުން ދެ އުސްތާޛުންނާއި ކުރި އިންޓަވިއުގެ ޚުލާސާ
އުސްތާޛު 2 ބުނެފައިވަނީ
އުސްތާޛު 1 ބުނެފައިވަނީ
ބަލައިލެވިފައިވާ ކަންތައްތައް
ފިލާވަޅު ރޭވުން1
ފިލާވަޅު ރޭވުން 1
އެންމެ ރަނގަޅުލެސަންޕުލޭން
މަޤްޞަދު ލިޔެފައިވާގޮތް ރަނގަޅީ
ފިލާވަޅު ރޭވުން 1
ü                  ސުމާރޓު (SMART)
ކޮން ލިޔެފައިވާތީ

މަޤްޞަދު ލިޔެފައިވާގޮތް ރަނގަޅީ
ފިލާވަޅު ރޭވުން 1
ü             ސުމާރޓު (SMART) ކޮން ލިޔެފައިވާތީ
ü             ވަޒަންކުރަން ފަސޭހަ މަޤްޞަދު
ތަކެއް އޮތީމަ
ފުރަތަމަ ލެސަންޕުލޭންގައި މަޤްޞަދު
ލިޔެފައިވާ ގޮތާ މެދު އުސްތާޛުން ދެކޭގޮތް
މަޤްޞަދު ލިޔެފައިވާ ގޮތް
ރަނގަޅެއްނޫން
ü                  މަޤްޞަދުގައި ހިމެނޭ 3 ބައި ހިމެނިފައި ނުވާތީ
މަޤްޞަދު ލިޔެފައިވާ ގޮތް ރަނގަޅެއްނޫން
ü             ތަފުސީލު ހިމަނާފައި ނުވާތީ
ދެވަނަ ލެސަންޕުލޭންގައި މަޤްޞަދު ލިޔެފައިވާގޮތާއިމެދު އުސްތާޛުން
ދެކޭގޮތް
ފެށުން ރަނގަޅީ
ފިލާވަޅުރޭވުން 1 ގައި
ü                  ޝައުޤުވެރި ފެށުމަކަށް ވާތީ
ü                  ފިލާވާޅާ ގުޅޭތީ
ފެށުންރަނގަޅީ
ފިލާވަޅުރޭވުން 1 ގައި
ü             ދަރިވަރުން ޝައުޤުވެރިވެ
ü             ނަގާދޭން އުޅޭ ފިލާވަޅުގެ ތެރެއަށް ދަރިވަރުންނަށް ވަދެވޭނެތީ.
ü             ފިލާވަޅުގެ ޞުރުޚީ އާއި ގުޅޭތީ
ދެލެސަންޕުލޭންގައި ފެށުން ލިޔެފައިވާ ގޮތާއިމެދު އުސްތާޛުން ދެކޭގޮތް
ފިލާވާޅުރޭވުން 1
ü                  މުދައްރިސްގެ ހަރަކާތަށްވުރެ ބޮޑަށް ދަރިވަރުންގެ ހަރަކާތްތައް ހިމެނިފައިވާތީ.
ü                  ދަރިވަރުން ޝާމިލު ވާތީ.
ü                  އުނގެނުމަށް އިސްކަންދޭ ގޮތަށް ފިލާވަޅު ރާވާފައިވާތީ.
ފިލާވާޅުރޭވުން 1
ü             މުދައްރިސް ކަންކުރުމުގެ ބަދަލުގައި ދަރިވަރުން ލައްވާ ކުރުވާތީ.
ü             ސުޓުޑެންޓު ސެންޓަރޑު ފިލާވަޅެއް ރާވާފައިވާތީ.
ü             ގުރޫޕު މަސައްކަތްތައްވެސް އެކި ފެންވަރުގެ ކުދިންނަށް އަމާޒުކޮށް ރާވާފައިވާތީ.
އުފެންދުންތެރި މެތަޑަށް ތައްޔާރުކޮށްފައިވާ ލެސަންޕުލޭކީ ކޮބައި؟
ފިލާވަޅުގެ ޚުލާޞާއެއް
ދެވިފައި ނެތުން
ފިލާވަޅުގެ ޚުލާޞާއެއް ދެވިފައި ނެތުން
ފުރަތަމަ ލެސަންޕުލޭން ގައިފާހަގަ ކުރެވޭ ބަލިކަށި
ކަންތައްތައް
މަޤްޞަދު ހާސިލު ކުރުމަށް ހަރަކާތް ތަކެއް ރާވާފައިވޭ.
·   މަޤުސަދު ރަނގަޅު.
·   ކިޔަވައިދިނުމުގެ އެހީތައް ރަނގަޅު.
·   މެތަޑު ރަނގަޅު.
·   ވަގުތު ބަހާފައިވާ ގޮތް ރަނގަޅު.

ފުރަތަމަ ލެސަންޕުލޭން ގައިފާހަގަ ކުރެވޭ ހަރުދަނާ ކަންތައްތައް
·     ރޭވުފައިވާ ހަރަކާތުން މަޤްޞަދު ހާސިލް ނުވާނެ.
·     ކިޔަވައި ދިނުމުގެ އެހީ ބޭނުން ނުކުރޭ.
·   މަޤްޞަދު ސުމާޓު ނުވުން.
·   ކިޔަވައިދިނުމުގެ އެހީ ބޭނުން ނުކުރުން.
·   ދަރިވަރަށް ފަހި މެތަޑެއް ނެތުން.
·   ފެށުން ޝައުޤު ވެރި ނުވުން
·   މަސައްކަތް ޝައުޤުވެރިއެއްނޫން
ދެވަނަ ލެސަންޕުލޭން ގައި
ފާހަގަ ކުރެވޭ ބަލިކަށި ކަންތައްތައް
·     ޚުލާޞާ ގެ މަސައްކަތް ދަރިވަރުން ލައްވާ ކުރުވުން


·   އެއްވެސްކަމެއް ފާހަގައެއް ނުކުރެ.
ދެވަނަ ލެސަންޕުލޭންގައި ފާހަގަ ކުރެވޭ ހަރުދަނާ ކަންތައްތައް
·     ކޮންމެވެސް ވަރަކަށް ރަނގަޅު.
·     ފިލާވަޅު ޚުލާޞާ ކުރެވުނު ނަމަ ރަނގަޅުވާނެ.
·   ފިލާވަޅު ވަޒަން ކުރުމުގެ   މަސައްކަތް ކުރުން.
·   ނިންމުން އެންމެ ރަނގަޅެއްނޫން

ފުރަތަމަ ލެސަންޕުލޭންގައި ނިމުން ގެނެސްފައިވާ ގޮތާއިމެދު ދެކޭގޮތް
·     އެއްވެސްކަމެއް ފާހަގައް ނުކުރެ.
ވަރަށް ގޯސް. ޚުލާޞާ ކުރުމަށް  މަސައްކަތް ނެތުމުން
ދެވަނަ ލެސަންޕުލޭންގައި ނިމުން ގެނެސްފައިވާ ގޮތާއިމެދު ދެކޭގޮތް
·     ޕީ ޕީ ޓީ ބޭނުންކުރުން
·     ވީޑިއޯ ޚުލާޞާ
·     ހަރަކާތަށް ފަހު ހަރަކާތެއް
·     ވިސުއަލްކޮށް ކިޔަވައި ދިނުން

·   ކިޔަވައި ދިނުމުގެ އެހީ
·   ފެށުން
·   ދަރިވަރުންގެ މަސައްކަތް
·   ވަގުތު ބަހާލެވިފައިވާ ގޮތް
ފުރަތަމަ ލެސަންޕުލޭން ފިލާވަޅު ތަންފީޒު ކުރުމަށް
ހުރި ފަހިކަންތައްތައް
އެއްވެސް ކަމެއް ފާހަގައެއް ނުކުރޭ.
·   ވަގުތު ބަހާލެވިފައިވާ ގޮތް
·   ކިޔަވައިދިނުމުގެ އެހީ
ދެވަނަ ލެސަންޕުލޭން ފިލާވަޅު ތަންފީޒު ކުރުމަށް
ހުރި ފަހި ކަންތައްތައް


0 comments:

ޚިޔާލު ފޮނުވާ!